Fri, 28 February, 2020, 5:33 pm
ރޭޕްގެ ތުހުމަތުގައި ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތުވާ އެކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާއަށް ތިން ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ 62 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު ފަހު 3:03 ގައި ހައްޔަރުކޮށްފައިވާއިރު އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު 3:25 ގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ސީރިއަސްކޮށް ބަލަމުންދާ އެ މައްސަލަައިގައި ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ކާފަ އަދި މުނި ކާފަގެ އިތުރުން ކުއްޖާގެ ބައްޕައެވެ. އަދި ކުއްޖާގެ މަންމަ އާއި ބައްޕައަކީ ވެސް ޑުރަގް އެޑިކްޓުންނެވެ. އަދި ކުއްޖާ ރޭޕްކުރިއިރު މަންމަ ހުރީ ޑުރަގް އޯވަޑޯޒް ވެގެން މާލެ ގެނެސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ރޭޕްކޮށްފައިވާކަން ފަޅާއެރީ، ކުއްޖާގެ ބޮޑު ދައިތައަކު އެކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާތީ އެވާހަކަ ބުނުމުންނެވެ. އަދި އެކުއްޖާ ވަގުތުން ޑޮކްޓަރަށް ދެއްކުމުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ހުރިކަން ޑޮކްޓަރުން ވަނީ ޔަގީންކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުއްޖާ ރޭޕްކުރިކަން ފަޅާ އެރުމުން ކުއްޖާގެ ބައްޕަ ވަނީ ރަށުން ފިލައިފައެވެ.

Leave a comment

Your email address will not be published.