Fri, 28 February, 2020, 4:09 pm
ކުއްޖާގެ ބައްޕަ ހުރި ފުލެޓްގެ ދޮރު ވައްޓާލައިގެން ވަދެ، އޭނާ ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ރޭޕްކުރި އުމުރުން ދެ އަހަރުގެ ކުއްޖާގެ ބައްޕަ، ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ފިލާ ހުއްޓާ އެތަނުގެ ދޮރު ވައްޓާލައިގެން ވަދެ، އޭނާ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާގެ ބައްޕައަކީ ކަނޑުހޮޅުދޫ، ރިހިވެލި، އަބްދުލް ސަލާމް ނަމަކަށް ކިޔާ މީހެކެވެ. ދަރިފުޅު ރޭޕްކުރި މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މާލެ އައިސްފައެވެ. އަދި ފިލާ ހުރީ ހުޅުމާލޭ ފްލެޓް 108 ގައެވެ.

އޭނާ ހުރި ފުލެޓްގެ ދޮރު ވައްޓާލީ ފުލުހުންނެވެ. އެއީ އިރުގަނޑެއް ވާންދެން އެ ތަން ހުޅުވައިތޯ މަސައްކަތް ކުރުމަށްފަހުއެވެ. އޭރުވެސް ކުއްޖާގެ ބައްޕަ ނެރޭނެ ވަގުތަކަށް ފްލެޓު ކުރިމައްޗަށާއި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިއްބެވެ.

ފުލުހުން މިރޭ ބުނީ، އެ އިދާރާއިން މިހާރު ބަލަމުންދާ ކުޑަ ކުއްޖަކާމެދު ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުޅުމާލެ ފުލެޓް 108 އިން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ސީރިއަސްކޮށް ބަލަމުންދާ އެ މައްސަލަައިގައި ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އެކުއްޖާގެ ބައްޕަގެ އިތުރުން ކާފަ އަދި މުނި ކާފައެވެ.

އަދި މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ ކުއްޖާގެ ރަށުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

Leave a comment

Your email address will not be published.