Fri, 28 February, 2020, 5:09 pm
ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް!

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ގއ. ކަނޑުހުޅުދޫ އިން މިއަދު ހައްޔަރުކުރި އުމުރުން 62 އަހަރުގެ ފިރިހެން މީހާ އާއި 81 އަހަރުގެ ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ސީރިއަސްކޮށް ބަލަމުންދާ އެ މައްސަލަައިގައި ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ކާފަ އަދި މުނި ކާފަގެ އިތުރުން ކުއްޖާގެ ބައްޕައެވެ. އަދި ކުއްޖާގެ ބައްޕަ މިރޭގެ ވަގުތެއްގައި ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ފިލާ ހުއްޓާ ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުއްޖާގެ މަންމަ އާއި ބައްޕައަކީ ވެސް ޑުރަގް އެޑިކްޓުންނެވެ. އަދި ކުއްޖާ ރޭޕްކުރިއިރު މަންމަ ހުރީ ޑުރަގް އޯވަޑޯޒް ވެގެން މާލެ ގެނެސްފައެވެ.

ކުއްޖާ ރޭޕްކޮށްފައިވާކަން ފަޅާއެރީ، ކުއްޖާގެ ބޮޑު ދައިތައަކު އެކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާތީ އެވާހަކަ ބުނުމުންނެވެ. އަދި އެކުއްޖާ ވަގުތުން ޑޮކްޓަރަށް ދެއްކުމުން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ހުރިކަން ޑޮކްޓަރުން ވަނީ ޔަގީންކޮށްދީފައެވެ.

Leave a comment

Your email address will not be published.