Fri, 28 February, 2020, 4:49 pm
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖެންޑާ ކޮމެޓީގައި ކޮމެޓީ މެންބަރުންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ / މަޖިލިސް
ކުޑަކުއްޖާ މައްސަލާގައި ކޮމެޓީގެ ނިންމުން ނަޝީދު ތަންފީޒު ކުރަނީ

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރަމުން އަންނަ ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީން މިއަދު އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ޖެންޑާ ކޮމެޓީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއާ އަދި ރޭވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. ރޭގެ ބައްދަލުވުމުގައި އެ ކޮމެޓީއަށް ވަނީ ޖެންޑާ މިނިސްޓްރީއާ ފުލުހުންނާއި ކްރިމިނަލް ކޯޓާއި ކަނޑުހުޅުދޫ ކައުންސިލާއި އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު މީޑީއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ އުމުރުން 2 އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރެއްވުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ގޮތެއް ނިންމަވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށެވެ. އަދި އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

މި މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކުއްޖާގެ ބައްޕަވެސް ހިމެނޭ ގޮތުން ކުއްޖާގެ ކާފައާ އަދި މުނިކާފައެވެ. ކުއްޖާގެ ކާފައަކީ އެރަށު މިސްކިތެއްގެ މުދިމެކެވެ. އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ. ކުއްޖާގެ ކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ބައެއް މައްސަލަތަކުގެ ޝަރީއަތްތައްވެސް ކޯޓުގައި އެބަ ހިނގައެވެ. އެ ކުއްޖާގެ މަންމައާ ބައްޕައަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ދެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ހިޔާލު ފައުޅުކުރައްވާ

    ނަޝީދު ތިކަމެއް ތަންފީޒު ކޮއްފިއްޔާ ކިތަންމެހާވެސް ރަގަޅު

Leave a comment

Your email address will not be published.