Fri, 28 February, 2020, 5:12 pm
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް -- ފޮޓޯ / ސަން
އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ މެންބަރެއްގެ މެންބަރު ކަމުގެ މުއްދަތު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހު ހަމަވާތީއެވެ. ކޮމިޝަންގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި އަހުމަދު އަކްރަމްގެ ދައުރު އަންނަ މާޗު މަހުގެ 23ވަނަ ދުވަހަށް ހަމަވާތީއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯންޑް ކުރެވެން ހުންނާނެ އެވެ.

Leave a comment

Your email address will not be published.