Fri, 28 February, 2020, 4:50 pm
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާ ބިލްޑިން -- ފޮޓޯ ވީ
ޕްރައިމަރީތަކުގައި ވާދަކުރާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފި

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާތީ ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވާ ސިވިސް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ ކޮމިޝަނުން އުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑު ކުރުމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބަޔާންކުރާ މާއްދާތައް އިސްލާހުކޮށް އާންމު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި ބަދަލާ އެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ސަބަބުން ސަސްޕެންޑު ކުރެވިފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ވަނީ ނިމުމަކަށް އައިސްފައެވެ.

އެހެންނަމަވެސް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ނިންމާ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާ އަދި އެ ފޯމް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ތާރީހުން ފެށިގެން އެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑު ކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ. އެފަދަ މުވައްޒަފެއް އިންތިހާބު ކާމިޔާބުކޮށްފި ނަމަ، މުވައްޒަފުގެ ސިވިލް ސާވިސްގެ ވަޒީފާއިން ވަކި ކުރާނެއެވެ. އެހެންނަމަވެސް ނަން އަނބުރާ ގެންގޮސްފި ނަމަ ނުވަތަ އިންތިހާބުން ނާކާމިޔާބު ވެއްޖެ ނަމަ، އަލުން މުވައްޒަފު ވަޒީފާއަށް ނުކުންނަން ޖެހެއެވެ.

ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން، ސިވިލް ސާވިސް މުވައްޒަފުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތް ނަމަވެސް އިންތިހާބުގެ ޕްރައިމަރީ އާއި އިންތިހާބުގައި ވާދަކޮށްފި ނަމަ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަންދެން އެ މުވައްޒަފަކު ސަސްޕެންޑް ކުރަން ޖެހޭނެއެވެ.

Leave a comment

Your email address will not be published.