Sun, 29 March, 2020, 9:53 am
ފުނަދޫ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި، ހަފްތާއަކު 3 ފްލައިޓް ދަތުރު ކުރާނެ

ށ. ފުނަދޫގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފަލައިޓް ޖައްސައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދައުލަތުން 89 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ މި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.

އެގޮތުން އެ އެއާޕޯޓަށް ޓެސްޓު ފްލައިޓެއްގެ ގޮތުގައި މިއަދު ހެނދުނު 7:45 ގައި ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށްފަހު ފުރަތަމަ ހަފްތާއަކު ތިން ފްލައިޓް ދަތުރު ކުރާނެ ކަމަށެވެ. އަދި މާރިޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މައުލޫމާތުދެއެވެ.

އެމްޓީސީސީން ތަރައްގީކޮށްފައިވާ ފުނަދޫ އެއާޕޯޓަކީ މޫދުން 40 ހެކްޓަރު ހިއްކައިގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

Leave a comment

Your email address will not be published.