Sun, 29 March, 2020, 11:44 am
ޔޫރޯއާ ގުޅިގެން ކޮކާ ކޯލާ އިން ފެށި ޕްރޮމޯޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވަން އޮންލައިން
ކޮކާ ކޯލާ މަތިގަނޑުގައިވާ ކޯޑު ފޮނުވައިގެން 10 ޖޯޑަށް ޔޫރޯގެ މެޗެއް ބަލާލަން އަޔަލެންޑަށް!

ޝަޮްނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔުއެފާ ޔޫރޯ 2020 އާ ދިމާކޮށް ކޮކާ ކޯލާ އިން ހާއްސަ ޕްރޮމޯޝަނެއް ރާއްޖޭގައި ފަށައިފިއެވެ.

އެ ޕްރޮމޯޝަން ރާއްޖޭގައި ފައްޓަވައިދެއްވީ މިއަދު ބޭއްވި ކޮކާކޯލާ ލެޖެންޑްސް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިލިންދު ވިދާޅުވީ، ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެން ބައިވެރިވެވޭ އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބުވެރި ކޮންމެވެސް އެއް ފަރާތެއް ގުރުއަތުން ނަގާނެ ކަމަށެވެ.

އަންނަ މާރިޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ޖުމްލަ 10 ފަރާތެއް ނަގާނެއެވެ. އަދި އެ 10 ފަރާތުގެ އިތުރު ބައިވެރިއަކާއެކު އަޔަލެންޑުގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ މެޗެއް ބަލާލުމުގެ ފުރުސަތު، ހުރިހާ ހަރަދަކާއެކު ލިބިގެންދާނެ ކަމަށް މިލިންދު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތުލުމެއް ބާއްވަން ވަނީ ނިންމައިފައެވެ. އެ ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް އިނާމެއްގެ ގޮތުގައި އައިފޯނު 11، އެލްއީޑީ އެޗްޑީ ޓީވީ ނުވަތަ އޮފިޝަލް މެޗް ބޯލް އޮޮފް ޔޫރޯ 2020 ލިބޭނެއެވެ. ނަމަވެސް ލިބޭ އިނާމު ކަނޑައަޅާނީ ވެސް ނެގޭ ގުރުއަތަކުންނެވެ.

އަންނަ ޖޫން 12 އިން ޖުލައި 12 އަށް ޔޫރަޕްގެ 12 ގައުމެއްގެ 12 ސިޓީއެއްގައި ބާއްވަން ހަމަޖެހިފައިވާ ޔޫރޯ 2020 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޝެޑިއުލްއަށް ބަލާއިރު އަޔަލެންޑުގެ ވެރިރަށް ޑަބްލިންގައި ކުޅުމާށް ހަމަޖެހިފައިވަނީ “ގުރޫޕް އީ”ގެ މެޗުތަކެވެ. ދެން އެ ސިޓީގައި ކުޅުމަށް ހަމަޖެހިފައިވަނީ ރައުންޑް އޮފް 16 ގެ މެޗެކެވެ.

“ގުރޫޕް އީ” ގައި ހިމެނެނީ ސްޕެއިން އާއި ޕޮލޭންޑުގެ އިތުރުން ސުވިޑަންއެވެ. ދެން ހިމެނޭނީ ޕްލޭ އޮފް ބީ އިން އެ ގުރޫޕަށްދާނެ ޓީމެކެވެ.

Leave a comment

Your email address will not be published.