Fri, 28 February, 2020, 4:44 pm
މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ބ.އަތޮޅުގެ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ ޗައިނާ އަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު ދަރަވަންދޫ ހެލްތް ސެންޓަރަށް މިއަދު މެންދުރު 15:21 ހާއިރު އޭނާ ގެންދިޔަ ކަމަށާއި އޭނާ މިހާރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.