Fri, 28 February, 2020, 6:01 am
ލ. އަތޮޅުގައި ކުރިޔަށް ގެންދާ "އެޖެންޑާ 19 ރަށަށް" ވޯކްޝޮޕްގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ / އެމްޑީޕީ
ވިޔަފާރި ހަބެއްގެ ގޮތުގައި ހައްދުންމަތި ތަރައްގީ ކުރަނީ

ލ. އަތޮޅު ހިމެނޭ ސަރަހައްދު ނުވަތަ ސަރަހައްދަކީ ވިޔަފާރި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި އެމްޑީޕީގެ ފަރާތުން ކުރިއަަށް ގެންދިޔަ “އެޖެންޑާ 19 ހައްދުންނަތީ ކޮންފަރެންސް”ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ހައްދުންމައްޗަކީ އެންމެ އަވަހަށް އެންމެ ބޮޑު ތަރައްގީއެއް އަންނާނެ ތަން ކަމަށާއި އެކަން ކުރިޔަށް އޮތް ދުވަސްތަކުގައި ފެށިގެން ދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ހައްދުންމައްޗަކީ ބިން ބޮޑު އަދި ގުދުރަތީ ވަސީލަތްތައްވެސް ގިނަ ސަރަހައްދެއް ކަމަށެވެ. އަދި ހައްދުންމައްޗަކީ ތަފާތު އެކިއެކި ބޭނުންތެރި މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ސަރަހައްދެއް ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ހައްދުންމަތި ވިޔަފާރީ ހަބަކަށް ތަރައްގީ ކުރާއިރު އެ ސަރަހައްދުގައި އެއާޕޯޓުވެސް ތަރައްގީ ކުރާނެ ކަމަށެވެ. އެގޮތުން ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީގެ އެމްޑީޕީ ސަރުކާރުން ފަށާފައިވާ “އައްސޭރި ޓުއަރިޒަމް ޒޯން” އަލުން ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރަން ޖެހޭ ކަންތައް މިހާރު ނިންމާފައިވާ ކަމަށާއި މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Leave a comment

Your email address will not be published.