Fri, 28 February, 2020, 4:51 am
ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ފޮތްތަކެއް ހޯދައިފި

ތ. ބުރުނިން ސިހުރު ހާހޫރަ ހަދަން ބޭނުން ކުރާ ފޮތްތަކަކާއި ބައެއް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ތ. ބުރުނީގައި ހުރި ގެއެއްގައި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތާއި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ހުރި ކަމަށް ތުހުމަތު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ގެއެއް ބަލައިފާސްކުރި ކަމަށެވެ.

އެގޮތުން އެގެ ބަލައިފާސްކުރިއިރު ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކެއް ފެނިފައިވާ ކަމަށާއި މި ފޮތްތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.