Fri, 28 February, 2020, 4:19 pm
ފުރާ މީހުންތަކެއް ވީއައިއޭ އެއާޕޯޓުގައި ކިއު ހަދާފައި --- ފޮޓޯ/ ރޮއިޓާސް
ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ނުފެނޭ

ޗައިނާގައި މިހާރު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކުވާ ރާއްޖެއިން މިހާތަނަށް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޕޯޓްތަކުގައި ނޮވެލް ކޮރޯނާ ވައިރަސްއަށް ސްކުރީން ކުރެވެމުންދާ ކަމަށާއި މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ.

ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަސް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ޕޮޒިޓިވްވެ 41 މީހަކު ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން މިހާރު ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.

Leave a comment

Your email address will not be published.