Fri, 28 February, 2020, 5:48 pm
އޭސީޕީ ރިޔާޒު -- ފޮޓޯ / ސަން
ކުއްޖާގެ ބައްޕައާ އޭސީޕީ ރިޔާޒާއި ގުޅުން އޮންނަ ވާހަަކަ ފުލުހުންވެސް ދޮގުކޮށްފި

ދާދިފަހުން ގއ. ކަނޑުހުޅުދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކުއްޖާގެ ބައްޕައާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން މިރޭ ބުނީ ދެކުނުގެ ރަށެއްގައި ދެ އަހަރުން ދަށުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހިމެނޭ އެއްވެސް މީހަކު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަޔަކު ފަތުރާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު އޭސީޕީ ރިޔާޒު ވެސް ވަނީ އެކަން މީގެ ދުވަސްކޮޅެއް ކުރިން ދޮގުކޮށްފައެވެ. އެގޮތުން އޭސީޕީ ރިޔާޒު އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުއްޖާގެ ބައްޕައަކީ އޭސީޕީ ރިޔާޒުގެ ކުޑައިރުގެ ރައްޓެއްސެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެމީހާއާ އޭސީޕީ ރިޔާޒާއި އެއްވެސް ގުޅުމެއް އެއްވެސް އިރެއްގައި ނޯންނާނެ ކަމަށެވެ. އަދި އެމީހާއަށް އޭސީޕީ ރިޔާޒު ހިމާޔަތް ދިން ކަމަށް ދެކެވޭ ވާހަކަތައްވެސް ރިޔާޒު ވަނީ ދޮގު ކުރައްވާފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި ކުއްޖާގެ ބައްޕައަށް ފުލުހުން ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ. އަދި އެ މައްސަލާގައި ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ކުއްޖާގެ ކާފައާ މުނިކާފައެވެ.

Leave a comment

Your email address will not be published.