Fri, 28 February, 2020, 4:34 pm
ހެރެތެރެ ރިސޯޓު --
ހެރެތެރެ ރިސޯޓުގައި ފަތުރުވެރިއަކު މަރުވެފައި އޮތްވާ ފެނިއްޖެ

ހެރެތެރެ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ފަތުރުވެރިއަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ އިޓަލީގެ 62 އަހަރުގެ ފިރިހެނެކެވެ. އޭނާ ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

މި މީހާ މިހާރު މޯޗަރީއަށް ލުމަށް ހިތަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެމީހާ މަރުވި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 7:08 އެހާކަށްހާއިރު ކަމަށެވެ. އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

Leave a comment

Your email address will not be published.