Fri, 28 February, 2020, 4:17 pm
ގދ. ތިނަދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ / އެމްއެންޑއެފް
މިއަދުވެސް ތިނަދޫ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ދަނީ ކުރަމުން

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގދ. ތިނަދޫގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ކުރަމުންދާ ކަމަށް ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ތިނަދޫ އަބޫބަކުރު ސްކޫލު ކައިރީގައި ޕަމްޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.

އިއްޔެވެސް ތިނަދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ، ގެތަކަށްވެސް ވަނީ އެކަމުގެ އަސަރުކޮށްފައެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި ގެތަކަށް ފެން ވަނުން ހައްލު ކުރުމަށް ތިނަދޫ ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Leave a comment

Your email address will not be published.