Sun, 29 March, 2020, 11:15 am
ހެޕީ މާކެޓުން މާސްކު ގެނެސް، އިތުރު އަގެއް ނުލާ ވިއްކަނީ

ރާއްޖެއަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރާ އެއް ކުންފުނި، ހެޕީމާކެޓުން ރާއްޖެއަށް މާސްކު ގެނެސް ވިއްކަން ނިންމައިފިއެވެ.

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ، އެކުންފުނިން އެތެރެކޮށް ވިއްކާ ބަލްކު ހޭންޑު ސެނިޓައިޒާގެ އަގު، ވިއްކޭނެ އެންމެ ކުޑަ އަގަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި ސާޖިކަލް މާސްކު ޝިޕްމަންޓެއް އެތެރެކޮށް، އޭގެ އަސްލު އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ، މުޅި ދުނިޔެއަށް ސިއްހީ ކުއްލި ހާލަތަށް ތައްޔާރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ވިޔަފާރިތަކުން ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ އަގު ބޮޑުކޮށް ވިއްކުމަކީ ވިޔަފާރި ކުންފުންޏެއް ހިންގުމުގެ ޒިންމާ އަދާކުރާ މީހެއްގެ ހައިސިއްޔަތުން ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި އިޖްތިމާއީ ޒިންމާ އަދާކުރުމަށް ވިޔަފާރި ހިންގަވާ ފަރާތްތަކަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

Leave a comment

Your email address will not be published.