Fri, 28 February, 2020, 4:46 pm
ހާލުގައި ޖެހިފައިވާ ޔަތީމު ކުއްޖެއްގެ ކިޔެވުން ސްޕޮންސާ ކުރުމުގެ ފުރުސަތެއް

ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ދިވެހި ހަރަކާތް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެ، ތުރުކީގެ އައިއެޗްއެޗް އާއި އިނގިރޭސިވިލާތުގެ އޮލިވް ގްރޯވް ފައުންޑޭޝަނާ ގުޅިގެން ސީރިޔާގެ އިދްލިބްގައި ބިނާކުރި އަލޫކާ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައިއޭސީން ބުނީ، މި ފުރުސަތުގައި ވަކިވަކި ކުދިންނަށް ސްޕޮންސާކުރެވޭ ގޮތަށް ހުޅުވާލި މި ފުރުސަތުގައި އެއް ބޭފުޅަކަށް އެއްކުޖަކަށް ވުރެ ގިނަ ކުދިންނަށްވެސް ސްޕޮންސާ ކުރުމަށް ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން މި ސުކޫލުގައި ކިޔަވާ ކުއްޖަކަށް މަހެއްގެ މައްޗަށް ހަަރަދުވަނީ 700 ރުފިޔާ ކަމަށާއި އަދި އެގޮތަށް އެހީތެރިވާ ދަރިވަރުގެ މައުލޫމާތާއި ކިޔެވުމުގެ ކަންކަން ހިނގާ ގޮތް އަންގައިދިނުމުގެ ގޮތުން ދެ މަހުން އެއް ފަހަރު ވީޑިއޯ އަދި ފޮޓޯގެ ޒަރީއާއިން އެހީތެރިވާ ފަރާތަށް ލިބޭގޮތަށ ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

އަލޫކާ ސުކޫލުގައި ކިޔަވައިދެމުންދާ ކުދިންނަށް ސްޕޮންސާކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7322112 ނަންބަރު ފޯނާ ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

މިފަދަ ފުރުސަަތެއް މަގުފަހިވެގެން ދިއުމަކީ ހާލުގައި ޖެހިފައި ތިބި ކުދިންނަށް ތައުލީމު ލިބުމުގު ފުރުސަަތު ލިބި އެކުދިންގެ މުސްތަގުބަލް އުޖާލާވެގެން ދިއުމުގެ އިތުރުން ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތް އަޅެމެންނަށް  ތަނަވަސްވެ ސަަވާބު އިތުރުވެގެންދާނެ ކަމެއްކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް 17 ގައި ރަސްމީކޮށް ހުޅުވި އަލޫކާ ސުކޫލުގައި 245 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެއެވެ. މީގެ ތެރޭގައި ޔަތީމު ކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ބިކަހާލުގައި ޖެހިފައިވާ ފަގީީރު ކުދިން ހިމެނެއެވެ.

މި ސުކޫލުގައި ޖުމްލަ ހަތް ކްލާސް ރޫމަކާއެކު ނަމާދު ކުރާނެ ކޮޓަރިއެއް ހަދާފައިވާއިރު، ކުދިން ކުޅެ އުޅެން ނިކުމެލާނެ ތަންކޮޅެއް ވެސް ސުކޫލުގެ ތެރޭގައި ވަނީ ހިމަނައިފައެވެ. އަލޫކާގައި ކިޔަވައިދެމުންދާ މާއްދާތަކުގެ ތެރޭގައި ހިސާބު، އިނގިރޭސި، ޕީއީ، ޕްރެކްޓިކަލް އާޓް، އަަރަބި އަދި ގުރުއާން ހިމެނެއެވެ.

އައިއޭސީން ބުނީ، ކުދިން ޝައުގުވެރިވާނެ ގޮތަށް ޒަމާނާ އެކަށީގެންވާ ޓެކްނޮލޮޖީގެ އެހީގައި އުނގަންނައި ދިނުމުގެ މަސައްކަތް އަލޫކާ ސުކޫލު ޕްރޮޖެކްޓް އިންތިޒާމް ކުރި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރުވެސް ހޮލޮގޯ އެޕް ބޭނުންކޮށްގެން ކްލާސްތަކުގައި ކިޔަވައިދެމުން އަންނައިރު، އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި އެންމެ ފުރަތަމަ ކިޔަވައިދެމުން އަންނަ ސުކޫލުތެރޭގައި އަލޫކާ ސުކޫލު ވެސް ހިމެނޭ ކަމަށެވެ. ހަމައެހެންމެ އެކި ކުދިންގެ ހުނަރުތައް ދެނެގަނެ އެކުއްޖެއް ޝައުގުުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަަތު ފަހިކޮށްދޭގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

Leave a comment

Your email address will not be published.