Sun, 29 March, 2020, 10:55 am
މީގެ ކުރިން އާޓިފިޝަލް ސަރަހައްދުގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި ހަތިޔާރުތަކެއް --- ފޮޓޯ/ ފުލުހުން
ގެއެއް ބަލައި ފާސްކޮށް ތޫނު ހަތިޔާރާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

ލިބުނު ރިޕޯޓަކާ ގުޅިގެން ގެއެއް ބަލައިފާސްކޮށް، ތޫނު ހަތިޔާރާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ސައުތް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު އެކުއްޖާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރި ކަމަށެވެ.

އެ ފާސްކުރުމުގައި ހަތަރު ވަޅިއާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކުއްޖާ ވަނީ ގެނެސްފައެވެ. އަދި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.