Fri, 28 February, 2020, 4:50 pm
އެސްޓީއޯ އިން ޑީސަލް ލީޓަރަކުން 30 ލ. ހެޔޮކޮށްފި

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، މިއަދުން ފެށިގެން ޑީސަލް ލީޓަރެއް 10.89 ރ. އަށް ހެޔޮ ކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ޑީސަލް ލިޓަރަކުން 30 ލ. ހެޔޮވީއެވެ.

އެސްޓީއޯ އިން ޑީސަލް ލީޓަރެއް ކުރިން ވިއްކަމުން އައީ 11.19 ރ. އަށެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.

އެހެންކަމުން ޑީސަލް ލީޓަރުގެ އަގު ހެޔޮ ވެފައި މިވަނީ އަށް މަހަށް ފަހުއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ހެޔޮވާ ކޮންމެ ފަހަރަކު އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮ ކުރެއެވެ. އެގޮތުން މިދިޔަ އަހަރު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮކުރިއެވެ.

Leave a comment

Your email address will not be published.