Fri, 28 February, 2020, 4:30 pm
ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އަނެއްކާވެސް ބިދޭސީއަކު ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ސައުތް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް 40 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހަމަ އެދުވަހުގެ ކޯޓު އަމުރެއްގެ ދަށުން އެ ބިދޭސީ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ސައުތް ޕޮލިސް ޑިވިޝަންގައި ހިމެނޭނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއެވެ. ނަމަވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެކުދިންގެ ވަނަވަރު ރައްކާތެރިކުރުމަށް ފުލުހުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

Leave a comment

Your email address will not be published.