Fri, 28 February, 2020, 5:23 pm
ދެ އަހަރުގެ ކުއްޖާގެ ކާފަ އާއި މުނިކާފައަށް ދައުވާކުރަން ފޮނުވައިފި

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި އެކުއްޖާގެ ކާފަ، ކަނޑުހުޅުދޫ/ ރިހިވެލި، އިބްރާހިމް ދީދީ، 22 އ. އަދި މުނިކާފަ ކަނޑުހުޅުދޫ/ އަންނާރުމާގެ، ހަސަން މޫސާދީދީ، 82 އ. ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ، ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެކުއްޖާގެ ބައްޕަ، އަބްދުލް ސަލާމް، 33 އަހަރު ވެސް ހުރީ ހައްޔަރުގައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތު ކަމަށެވެ.

އެއީ ނުރައްކާތެރި މާހައުލެއްގައި ކުއްޖާ ހުރުމުން އެ ކުއްޖާގެ މަންމަ ކައިރިއަށް ފޮނުވާލަން އާއިލާގެ ފަރާތުން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅައި ކުއްޖާ ނުދިނުމުންނެވެ.

Leave a comment

Your email address will not be published.