Fri, 28 February, 2020, 4:01 pm
މާފުށީ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ކަރެކްޝަންސްގެ އޮފިސަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ކަރެކްޝަންސް
މާފުށީގައި ހުރި ގުދަނެއްގައި ރޯވެ އަނދައިފި

ކ. މާފުށީގައި ޓިނުން ހަދާފައިވާ ގުދަނެއްގައި ރޯވެ އެތަން އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މާފުށީގައި ހުރި ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓްކުރީ މިއަދު ހެނދުނު 9:12 އެހާކަންހާއިރު ކަމަށެވެ.

އެމްއެންޑީއެފާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ މާފުށީގެ އުތުރުގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި ހުންނަ ޓިނު ގުދަނެއްގައެވެ.

ނަމަވެސް އެތަނުގައި ރޯވާން މެދުވެރިވި ސަބަބެއް އަދި އެގުދަނުގައި ހުރީ ކޮން އެއްޗިއްސެއް ކަމެއް އަދި ނޭނގެއެވެ.

Leave a comment

Your email address will not be published.