Fri, 28 February, 2020, 5:06 pm
ޝައިހް އިލްޔާސްގެ ބޮޑު ދަރުސް މިރޭ މާލޭގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ދެއްވާ ބޮޑު ދަރުސް މިރޭ މާލޭގައި އޮންނާނެއެވެ.

އަދާލަތު ޕާޓީން އިސް ނަގައިގެން މިރޭގެ ދަރުސް އޮންނާނީ 8:30 ގައި އަލިމަސް ކާނިވަލުގައެވެ. ދަރުހުގެ މައުޟޫއަކީ “އިސްރާއާއި މިއުރާޖް” އެވެ.

މި ދަރުހަށް ދައުވަތު ދެއްވާ ޝައިހް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރުސްގައި ދީނުގެ އަދުއްވުން އުފައްދާ ޝައްކުތަކަށާއި އަދި އެނޫނަސް ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށެވެ.

ކީރިތި ރަސޫލާ އިސްރާއާއި މިއުރާޖަށް ދަތުރުފުޅު ކުރެއްވެވީ ރަޖަބު މަހުގެ 27 ވިލޭރެއެވެ. އެރެއަކީ ކީރިތި ރަސޫލާ ހަތްއުނޑަށް ދަތުރުފުޅު ކުރެއްވެވި ރެއެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ކޮންމެ ދުވަހަކު މާތް ﷲ ގެ ހަޒްރަތައް ފަސް ވަގުތު ނަމާދު ކުރެއްވުމަށް މީސްތަކުންނަށް ގޮވާލެއްވުމަށް، ކީރިތި ރަސޫލާގެެ މައްޗަށް އެކަލާނގެ އަމުރު ކުރެއްވެވިއެވެ.

އޭގެ އިތުރުން އެ ދަތުރުފުޅުގައި ގިޔާމަތް ދުވަހު ނުބައި އަމަލުތައް ކުރި މީހުންނަށް ހުރި ޖަޒާ އާއި އަޒާބު ކީރިތި ރަސޫލާ ދެކެވަޑައިގެން، އެކަންކަމުގެ ހަބަރު އުންމަތަށް ދެއްވިއެވެ.

Leave a comment

Your email address will not be published.