Fri, 28 February, 2020, 3:59 pm
މަހަށް ނުކުމެ އުޅެނިކޮށް މެޔަށް ތަދެއް އެރި މީހަކު މަރުވެއްޖެ

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ކުއްލިއަކަށް މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ހއ. އުލިގަމްގެ އުތުރުން 70 ނޯޓިކަލް މޭލު ބޭރުގައި އޮތް “ނުޖޫމް 2” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެއްސެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 11:38 ހާއިރު ލިބުނު ކަމަށެވެ.

އެގޮތުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދާން އެރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ހަރަކާތްތެރިވާން ފެށި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާ ހުރި ދޯންޏަށް ފޮނުވީ ހއ. ދިއްދޫގައި އޮތް ސީ އެމްބިއުލާންސެކެވެ. އަދި އޭނާ ނަގައިގެން، އެނބުރި ދިއްދޫއަށް ގެންދިޔައިރު މަރުވެފައިވާ ކަމަށްވެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ދޯނީގެ ކެޕްޓަނަކަށް ހުރި ށ. ފޯކައިދޫ، ރަންކޮކާގެ/ މުހައްމަދު ޔޫސުފް، 43 އ. އެވެ.

Leave a comment

Your email address will not be published.