Fri, 28 February, 2020, 4:56 pm
ސްނޯކްލިންއަށް ދިޔަ ޒުވާނަކު މަރުވެއްޖެ

އއ. މަޑިވަރު ބޭރުގައި ސްނޯކްލިންއަށް ދިޔަ ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވީ ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ ރ. މީދޫ ދެރަހަ، އަބްދުﷲ އަޒްވާން 22 އ. އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި މަރުވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މިވަގުތު އޮތީ އއ. ރަސްދޫ ހޮސްޕިޓަލުގައި ކަމަށާއި އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސްނޯކްލިންއަށް ދިޔަ ޒުވާނަކު މަރުވެފައިވާއިރު، މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު މެޔަށް ތަދެއް އަރައިގެން މިއަދު ވަނީ މަރުވެފައެވެ.

Leave a comment

Your email address will not be published.