Fri, 28 February, 2020, 5:25 pm
ވިލިމާލޭގައި މީހަކު ރުކަކުން ވެއްޓި އަނިޔާވެއްޖެ، ހާލު ދެރަ!

ވިލިމާލޭގައި ރުކަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު 5:50 އެހާކަންހާއިރު ވިލިމާލޭގައި ރުކަކަށް އަރާ އުޅުނު އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ.

އެމީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އަދި ހާލު ދެރަ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް އަދި އޭނާ ރުކަށް އަރާ އުޅުނު ކީއްކުރަން ކަމެއް ނޭނގެއެވެ.

އެހެންކަމުން އެމީހާއަށް ސިއްހީ އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިރޭ 7:32 އެހާއިރު މަލެ ގެނެސް، އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

Leave a comment

Your email address will not be published.