Sun, 29 March, 2020, 11:46 am
ޑިފެންސް މިނިސްޓަރު މާރިޔާ މަޖިލިސް ރައީސްއާ ބައްދަލު ކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

މިއީ ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ ވަޑައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތުން މަޖިލިސް ރައީސް ނަޝީދާއި މާރިޔާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ. މި ބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް މަޖިލިސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. ދާދިފަހުން މަޖިލިސް ރައީސްއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ދާދިފަހުން މަޖިލިސް ރައީސް ނަޝީދާއި ބައްދަލުކުރައްވާ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ކަންބޮޑުވުންތައް ވަނީ ހިއްސާ ކުރައްވާފައެވެ.

Leave a comment

Your email address will not be published.