Sun, 29 March, 2020, 11:24 am
ދެމަފިރިން ނިދާފައި އޮއްވާ، މީހަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފި

ދެމަފިރިއަކު ނިދާފައި ތިއްބާ، އެގެއަށް މީހަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުުހުން ބުނީ، އުތުރު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި ހިނގި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:20 އެހާކަންހާއިރު ކަމަށެވެ.

އެގޮތުން ހުށަހެޅިފައިވަނީ ދެމަފިރިއަކު ނިދާފައި އޮއްވާ އެގެއަށް ގޮތް ނޭނގޭ ފިރިހެނަކު ވަދެ، އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.

ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނެނީ، ކ އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅު އަދި ވ. އަތޮޅެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.