Thu, 2 April, 2020, 2:46 am
އައްޑޫ އަދި ކޮމަންޑޫއަށް ފެނަކަ އިން އާ ޖަނަރޭޓަރު ފޮނުވައިފި

އައްޑޫ ސިޓީ އާއި ށ. ކޮމަންޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން އާ ޖަނަރޭޓަރުތަކެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ، އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެސިޓީއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ މެގަވޮޓްގެ ދެ ޖެންސެޓް ލޭންޑިން ކުރާފްޓަށް އިއްޔެ ލޯޑް ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮމަންްޑޫއަށް 400 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގެންދިއުމަށް އިއްޔެ ބޯޓަށް އަރުވާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ އިން މިދިޔަ ހަފްތާގެ ތެރޭގައި އިތުރު ހަތަރު ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރު ވަނީ ފޮނުވައިފައެވެ.

އެގޮތުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ބ. ދަރަވަންދޫއަށް ފޮނުވުމަށް 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރަކާއި ބ. ގޮއިދޫއަށް ފޮނުވުމަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ފޮނުވައިފައެވެ.

އޭގެ އިތުރުން ހަމަ އެދުވަހު ގއ. މާމެންދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 400 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ފޮނުވިއިރު، ހދ. ނޮޅިވަރަމަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ފޮނުވައިފައެވެ.

Leave a comment

Your email address will not be published.