Sun, 29 March, 2020, 10:48 am
ދަރަނީގެ މައްސަލައަކާ ގުޅިގެން ލަވަކިޔުންތެރިޔާ މުހުތާރު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ، މުހުތާރު އާދަމް، 48 އ. ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯތަސް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެގޮތުން މުހުތާރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް 19 ގައި ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި ކޮށްފައިވާ އިއުލާނަށް އެކޯޓަށް ހާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ފެބްރުއަރީ 23 ގެ މެންދުރުފަހު 1:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންކަމުން މުހުތާރާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Leave a comment

Your email address will not be published.