Sun, 29 March, 2020, 11:46 am
ރައީސްގެ ކާރުކޮޅު -- ފޮޓޯ / އަވަސް
ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް އޮއްސާލީ ގަސްތުގައެއް ނޫން: ފުލުހުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް އިމާރާތަކުން ފެން އެއްޗެއް އޮއްސާލީ ގަސްދުގައި ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރައީސްގެ ކާރުކޮޅު މައްޗަށް ހެންވޭރުގައި ހުރި އިމާރާތަކުން ފެން އެއްޗެއް ބަންޑުންކޮށްލި މައްސަލައާ ގުޅިގެންނެވެ.

އެގޮތުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެކަން ފުލުހުން ބެލި ބެލުމުން، މި ހާދިސާ ހިނގާފައިވަނީ އެގޭގެ ޓެރަސްމަތީގައި ހުރި ގަސްތަކަކަށް ފެން ދިނުމުގެ ތެރޭގައި ކަމަށާއި އަދި އެއީ ގަސްދުގައި މީހަކު ކުރި ކަމެއް ނޫންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުކޮޅުގައި އިންނެވީ ޑްރައިވަރު އެކަންޏެވެ.

Leave a comment

Your email address will not be published.