Thu, 2 April, 2020, 1:19 am
އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ދ. މީދޫގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ މެންދުރު ނަމާދަށް ދިއުމަށްފަހު އެނބުރި ގެއަށް ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި އޮއްވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުން ލިބުނޫ މިއަދު މެންދުރު 13:30 އެހާކަށްހާއިރުއެވެ. ދ. މީދޫ ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.