Thu, 2 April, 2020, 1:24 am
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯތައް އާންމުކުރަން ފަށައިފި، ޝަރީއަތްތައް ލައިވް ކުރަނީ

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާންމު ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑިން އާންމު ކުރަން ފަށާފައިވާ ކަން އިއުލާން ކުރެއްވީ ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް ސުޕްރީމް ކޯޓުގެ ވެބްސައިޓުން މިރެއިން ފެށިގެން ހަމަޖެހިިފައިވާނެ ކަމަށެވެ. އަދި ބަޖެޓް ލިބުނުހާ އަވަހަކަށް ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް ބެލޭނެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެއެވެ. މި އަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކުގެ ރެކޯޑިން މިހާރު ވެސް އަޑުއެހޭނެއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ކަމެކެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ބްރޯޑްކާސްޓްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުހުންތަކެކެވެ.

Leave a comment

Your email address will not be published.