Thu, 2 April, 2020, 1:33 am
ރީތި ތާރީހުގައި މުއާ އާއި އައްޒަ ކައިވެނިކޮށްފި! މަރުހަބާ

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަބްދުﷲ މުއާޒް (މުއާ) އާއި މަރިޔަމް އައްޒަ ކައިވެނިކޮށްފިއެވެ.

ދެތަރިން ކައިވެނިކުރީ ހުޅުމާލޭގައި ހުންނަ ބްރެޑްމެޓާސް ގްރީން ރެސްޓޯރެންޓުގައި ބޭއްވި ފްލޯރަލް ތީމް ހަފްލާއެއްގައެވެ.

އަޑުތައް ފެތުރުނު ގޮތުގައި މުއާ އާއި އައްޒައާ ދެމެދު ލޯބީގެ ގުޅުން އުފެދުނީ މުއާ ޑައިރެކްޓްކޮށް، އައްޒަ ޓައިޓްލް ރޯލް ކުޅެ މިދިޔަ އަހަރު ގެނެސްދިން “ލީނާ” ޝޫޓިންގެ ތެރެއިންނެވެ.

އެއަށްފަހު ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު މުއާ އާއި އައްޒަ އިންނަން ރަންކީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ވިލިމާލޭ އަތިރިމަތީގައި ދިވެހި ސަގާފީ ގޮތަކަށް ބޭއްވި ރަން ކިއުމުގެ ހަފުލާ އައްޒަ ރަން ކިއީ 30 ރުފިޔާއަށެވެ.

މި ދެތަރިން މިއަދު ކައިވެނިކުރިއިރު އައްޒަ އާއި މުއާ ވެސް ކުރިން ވަނީ ކައިވެންޏެއްކޮށް ދަރިން ހޯދައިފައެވެ.

އައްޒަ ކުރިން ކައިވެނިކުރީ އެކްޓަރު އަދި ޑިޒައިނަރު އިސްމާއިލް ޖުމާހް (ޖުމާ)އާއެވެ. މުއާ ކައިވެނިކުރީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދާއެވެ.

Leave a comment

Your email address will not be published.