Thu, 2 April, 2020, 2:34 am
ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ނައިފަރުގެ ތިން ގެއެއް ބަލައި ފާސްކޮށްފި

ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ޅ.ނައިފަރުގެ ތިން ގެއެއް ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:15 ހާއިރު ހުށަހެޅިފައިވާ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ނައިފަރުގައި ދިރިއުޅޭ ތިން މީހެއްގެ ގެ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a comment

Your email address will not be published.