Sun, 29 March, 2020, 10:10 am
މޯލްޑިވް ގޭހުން ހީލިއަމް ގޭސް ގެނެސްފި، މާލެ، ހުޅުމާލެ އަދި ވިލިމާލޭން މިހާރު ލިބޭނެ

ފުއްޕާހަން ފަދަ ތަކެތި ފުއްޕުމަށް ބޭނުންކުރާ ހީލިއަމް ގޭސް މޯލްޑިވްސް ގޭހުން މިހާރު ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭހުން ބުނީ، މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގެ އައުޓްލެޓުން އެ ކުންފުނިން ވިއްކާ ހަތަރު 13.6 ލީޓަރުގެ ގޭސްފުޅި އާއި 47 ލީޓަރުގެ ގޭސް ފުޅި މިހާރު ލިބޭނެ ކަމަށެވެ.

މި ދެ ސިލިންޑަރުގެ ތެރެއިން 13.6 ލީޓަރުގެ ހީލިއަމް ސިލިންޑަރަކުން 50 ފުއްޕާހަމަށް ވައި ޖަހާލެވޭނެއެވެ. އެ ގޭސްފުޅި ވިއްކާނީ 1000 ރުފިޔާއަށެވެ.

ދެން މޯލްޑިވް ގޭހުން ވިއްކަނީ ބޮޑެތި ހަފުލާތަކާއި ޕާޓީތަކަށް އެންމެ ކަމުދާނެ ސައިޒުގެ ގޭސްފުޅިއެވެ. އޭގެ ސިލިންޑަރަކުން 500 ފުއްޕާހަމަށް ވައިޖަހާލެވޭއިރު ސިލިންޑަރު ވިއްކާނީ 7000 ރުފިޔާއަށެވެ. އަދި ރިފަންޑަބަލް ޑިޕޮސިޓެއްގެ ގޮތުގައި 3850 ރުފިޔާ ދައްކަންޖެހޭނެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މޯލްޑިވް ގޭހުން ދަނީ ހީލިއަމް ގޭހުގެ ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ.

Leave a comment

Your email address will not be published.