Sun, 29 March, 2020, 10:44 am
ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑިއާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅޭއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު އިންޑިއާގެ ގުޖުރާތަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ގުޖުރާތުގެ ނަރްމަދާ ބާއްވާ ހަ ވަނަ އިންޑިއާ އައިޑިއާސް ކޮންކުލޭވްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގާއި ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.

އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ރައީސް ނަޝީދާ ރައްޔިތުންގެ މަޖިލީހުގައި ބައްދަލުކުރައްވައިފައެވެ.

Leave a comment

Your email address will not be published.