Thu, 2 April, 2020, 2:21 am
ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ވަރަށް ބޮޑު، ކުޑަ ކުރަންޖެހޭ: އަސްލަމް

ރާއްޖޭގެ ބޭންކުތަކުން ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު މާބޮޑަށް ވެސް ބޮޑު ކަމަށާއި އެ ރޭޓު ކުޑަކުރަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އިއްޔެ ފެށި މޯލްޑިވްސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި ބޯހިޔާވަހިކަން ބޭނުންވާ އެތައް މާލޭ ރައްޔިތުންނަށް އެބަ ތިބި ކަމަށެވެ.

ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް އެތައް ގޮންޖެހުންތަކެއް އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކުލީގެ އަގު ކުޑަކުރެވޭނީ އިމާރާތްކުރުމަށް ހޭދަކުރާ ހަރަދު ކުޑަކުރެވިގެން ކަމަށްވީ ނަމަވެސް، ގެދޮރުވެރިކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓު އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ގެދޮރޮވެރިކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް 5 ނުވަތަ 6 އިންސައްތައަށް ވުރެ ބޮޑެއް ނުވާނެ. ނަމަވެސް ރާއްޖޭގައި އިންޓަރެސްޓް ރޭޓް މިއުޅެނީ 11.75 އިންސައްތައިގައި. މި ރޭޓް ކުޑަކުރަން ޖެހޭ. މިކަމާ މެދު އެންމެން ވިސްނައި ހައްލެއް ގެންނަން ޖެހޭ،” އަސްލަމް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.