Tue, 7 April, 2020, 5:30 pm
ކިނޮޅަހުގައި އާ އިންޖީނުގެ އެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ރ. ކިނޮޅަހުގައި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެއެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޖުމްލަ 5.6 މިލިއަން ރުފިޔާއަށް އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ޓީ. އޭ ކޮންސްޓުރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ނުވަ މަސް ތެރޭގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ޓީއޭ ކޮންސްޓުރަކްޝަން އެންޑް ޓްރޭޑިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތައުފީގެވެ.

ފެނަކަ އިން މިހަފްތާގެ ހޯމަ ދުވަހު ވަނީ ށ. ކޮަމަންޑޫގައި ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތް ކުރަން ވެސް ބަޔަކާ ހަވާލުކޮށްފައެވެ.

އަންލިމިޓެޑް ހޯލްޑިވްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް 7.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހަށް ނިންމާ ގޮތަށެވެ.

Leave a comment

Your email address will not be published.