Tue, 7 April, 2020, 6:40 pm
ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް މޯލްޑިވް ގޭހުގެ ހުރިހާ ހިދުމަތެއް ލިބޭނެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މާދަމާ އިން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރި ނަމަވެސް މޯލްޑިވް ގޭހުގެ ހުރިހާ ހިދުމަތެއް ވެސް މެދުނުކެނޑި ލިބެމުންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދު ކުރަން ސަރުކާރުން ހަމަޖެއްސީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.

އެކަމާ ގުޅިގެން މޯލްޑިވް ގޭހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދުވަސްތަކުގައި ސަރުކާރު ބަންދު ކުރި ނަމަވެސް، އެ ކުންފުނިން ދެމުން އަންނަ ހުރިހާ ހިދުމަތެއް ކުރިން ވެސް ދެމުން ގެންދިޔަ ގޮތަށް ލިބެމުންދާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާ ކަމަށެވެ.

އަދި މިއުނދަގޫ ދަނޑިވަޅުގައި ވެސް މޯލްޑިވް ގޭހުން ހިދުމަތް ހޯއްދެވުމުގައި މިހާރެކޭ އެއްފަދައިން އެކަތިގަނޑަކަށްވެ ހިދުމަތް ހޯދަމުން ގެންދިއުމަށް ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

މޯލްޑިވް ގޭހުން ފޯރުކޮށްދެމުން އަންނަ ހިދުމަތަކާ ބެހޭ މައުލޫމާތެއް ބޭނުންވާ ނަމަ ކުންފުނީގެ ހޮޓްލައިން 1616 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.

Leave a comment

Your email address will not be published.