Thu, 2 April, 2020, 1:08 am
މޯލްޑިވް ގޭހުގެ ސިލިންޑަރުތަކާއި ޑެލިވަރީ ވެހިކަލްތައް ޑިސްއިންފެކްޓް ކުރަން ފަށައިފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ވެސް ފެނިފައިވާތީ މޯލްޑިވް ގޭހުގެ ގޭސް ސިލިންޑަރުތަކާއި ޑެލިވަރީ ވެހިކަލްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

މޯލްޑިވް ގޭހުން ބުނީ، އެކުންފުނިން ގޭސް ޑެލިވަރީގައި ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ވެހިކަލްތަކާއި ތިލަފުށީގައި ހުންނަ ޕްރޮޑަކްޝަން ފެސިލިޓީ އާއި ހުރިހާ އައުޓްލެޓް ތަކެއްގައި ހުރި ސިލިންޑަރުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ސްޓޭންޑަޑަށް ޑިސްއިންފެކްޓް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އަތޮޅުތަކަށާއި ރިސޯތްތަކަށް ފޮނުވާ ގޭސް ސިލިންޑަރުތަކަކީ ވެސް ފިލިން ޕްލާންޓުން ބޭރުކުރުމުގެ ކުރިން ޑިސްއިންފެކްޓު ކޮށްފައިވާ ތަކެތިކަން ތިލަފުށީގައި ހުންނަ އެކުންފުނީގެ ފެސިލިޓީން ކަށަވަރު ކުރާނެ ކަމަށް މޯލްޑިވްސް ގޭހުން ބުނެއެވެ.

އެހެންކަމުން އެކުންފުނިން ފޯރުކޮށްދޭ ކޮންމެ ގޭސް ސިލިންޑަރަކީ ވެސް ޑިސްއިންފެކްޓް ކޮށްފައިވާ އަދި ކަސްޓަމަރުންނަށް ރައްކާތެރި އެއްޗެއްކަން މޯލްޑިވް ގޭހުން ޔަގީން ކޮށްދެއެވެ.

Leave a comment

Your email address will not be published.