Tue, 7 April, 2020, 6:03 pm
އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުތަން ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 1.68 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. ކުރިން ޑީސަލް ލީޑަރެއް ވިއްކަމުން އައީ 10:39 ލާރިއަށެވެ. އަދި އަގަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް މިހާރު 8.71 ލާރިއަށް ލިބޭނެއެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން އަގު ހެޔޮ ކުރަން ނިންމީ 1.53 ލާރިއެވެ. އެގޮތުން ކުރިން 9.60 ލާރިއަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު 8.07 ލާރިއަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ވެސް އެ ކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައެވެ.

އެގޮތުން މިއަދު ތެލުގެ އަގަށް ގެނައި ބަދަލާއެކު މިއީ މިއަހަރު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ.

Leave a comment

Your email address will not be published.