Tue, 7 April, 2020, 6:39 pm
އެމްޓީސީސީން ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު ހިލޭކޮށްފި

މާލެ އާއި ވިލިމާލޭގެ ފެރީގެ ހިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު ހިލޭ ފޯރުކޮށްދޭން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ފައިސާ ގެންގުޅޭ މިންވަރު މަދުކުރުމަށްޓަކައި އެއް ފަހަރު ބޭނުންކުރާ ފެރީ ޓިކެޓް ޓޯކެންތައް ބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ ކަމަށެވެ.

އެގޮތުން ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު މިއަދުން ފެށިގެން ހިލޭ ކޮށްދޭން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލެ އާއި ވިލިމާލޭ ފެރީގެ ހިދުމަތް ބޭނުން ކުރުމަށް ދެގޮތަކަށް ޓިކެޓު ނެގޭނެއެވެ. އެއީ އެއްފަހަރު ބޭނުންކުރާ ޓޯކެން އާއި މަހަކު އެއްފަހަރު އާކުރާ ކާޑެކެވެ. ކާޑު އާންމު ގޮތެއްގައި ބޭނުންކުރަނީ ވިލިމާލޭގައި އުޅޭ ރައްޔިތުންނާއި ވިލިމާލެއަށް ގިނަގިނައިން ދާންޖެހޭ މީހުންނެވެ.

ކޮވިޑް 19އާ ގުޅިގެން އެމްޓީސީސީން ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން އެކުންފުނީގެ ދަތުރުފަތުރު ކުރާ ވަސީލަތްތަކުގެ ހިދުމަތް މެދުވެރިކޮށް ހުޅުލެއަށް ދަތުރުކުރާ އަދި އަންނަ ޓޫރިސްޓުންގެ ޓްރެވަލް ޑޮކިއުމަންޓުގެ އިތުރުން ޓިކެޓާއި ޕާސްޕޯޓް ޗެކުރަން ވަނީ ފަށައިފައެވެ.

Leave a comment

Your email address will not be published.