Tue, 7 April, 2020, 6:14 pm
ކޮވިޑް 19 – ފުޑްކޯޓުތަކުގެ ކުލި އެސްޓީއޯ އިން މާފު ކޮށްދީފި

ސަރުކާރުން ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދުކުރަން ނިންމާފައިވާ ދުވަހުން ފެށިގެން އެކަމަށް ވަކި ގޮތެއް ނިންމަންދެން ފުޑްކޯޓް ޔުނިޓްތަކަށް ދައްކަންޖެހޭ ކުލި އެސްޓީއޯއިން މާފުކޮށްދޭން ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ، ކޮވިޑް 19 ގެ ސަބަބުން ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން އެސްޓީއޯ ފުޓްކޯޓްތަކުގެ ވިޔަފާރިވެސް މިވަގުތު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ކެފޭ އަދި ރެސްޓޯރެންޓުތައް ބަންދުކުރަން ނިންމި ދުވަހުން ފެށިގެން އެކަމަށް ވަކި ގޮތެއް ނިންމަންދެން އެތަނުގެ ކުލި މާފުކޮށްދޭން އެސްޓީއޯގެ މެނޭޖްމަންޓުން ނިންމީ އެ ފުޓްކޯޓްތައް ހިންގާ ފަރާތްތަކަށް މިދަނޑިވަޅުގައި ލިބޭނެ ގެއްލުން ކުޑަކުރުމަށާއި އެފަރާތްތަކަށް މިފަދަ ދަނޑިވަޅެއްގައި އެއްބާރުލުން ދިނުމަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކޮށްފައިވާ ފުޓްކޯޓުގައި 26 ފުޓްކޯޓެއް ހުރެއެވެ. ގިނަ ފުޓްކޯޓްތައް މިހާރު ވެސް ދަނީ ހިންގަމުންނެވެ.

Leave a comment

Your email address will not be published.