Tue, 7 April, 2020, 6:34 pm
ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ---
ކްރައުން އެންޑް ޗަމްޕާގެ އަށް ރިސޯޓު ވެސް ތިން މަހަށް ބަންދުކުރަނީ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ހުރިހާ ރިސޯޓެއް ތިން މަސް ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި އަށް ރިސޯޓް ހިންގައެވެ.

އެއީ މާލެ އަތޮޅުގައި ހިންގާ މީރު އައިލެންޑާއި އއ. އަތޮޅުގައި ހިންގާ ވެލިގަނޑު ރިސޯޓާއި އދ. އަތޮޅުގައި ހިންގާ ވިލަމެންދޫ ރިސޯޓާއި ޅ. އަތޮޅުގައި ހިންގާ ހުރަވަޅި މޯލްޑިވްސް އާއި އިންނަހުރާ އާއި ކުރެއްދޫ ރިސޯޓާއި ކޮމަންޑޫ ރިސޯޓް އަދި ކުޑަދޫ މޯލްޑިވްސް އެވެ.

މި ރިސޯޓްތަކުން ނެރެފައިވާ ބަޔާންތަކުގައި ގޮތުން ވެލިގަނޑު، ވިލަމެންދޫ އަދި މީރު ބަންދުކުރުމަށް ހަމަޖެހިފައިވާ ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ޖޫން 30 ގެ ނިޔަލަށެވެ.

ކުރެއްދޫ، ކޮމަންޑޫ، ހުރަވަޅި، އިންނަހުރާ އަދި ކުޑަދޫ ބަންދުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 އިން ޖޫން މަހުގެ ދުވަހުގެ ނިޔަލަށެވެ.

ޗަމްޕާ އާއިލާގެ ރިސޯޓްތައް ބަންދުކުރަން ނިންމި ނަމަވެސް އެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް އަދި ނޭނގެއެވެ.

ޗަމްޕާގެ ރިސޯޓްތައް ބަންދުކުރަން ނިންމާފައިވާއިރު ޓޫރިޒަމް ވިޔަފާރިކުރާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް ރިސޯޓްސްގެ ދަށުން ހިންގާ އަށް ރިސޯޓެއް ވެސް އަންނަ މަހުން ފެށިގެން ތިން މަސް ދުވަހަށް ބަންދުކުރަން ވަނީ ނިންމައިފައެވެ.

އެއީ ކުރުނބާ މޯލްޑިވްސް އާއި ކުރަމަތި ރިސޯޓާއި ބަރޮސް މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ފާރުފުށި މޯލްޑިވްސް އާއި ދިގަލި މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރެއިން ޕެރަޑައިސް އައިލެންޑް ރިސޯޓް ފިޔަވައި އަނެއް ހަތަރު ރިސޯޓު މިހާރު ވަނީ ބަންދުކޮށްފައެވެ. އެއީ ސަން އައިލެންޑާއި ރޯޔަލް އައިލެންޑާއި ހޮލިޑޭ އައިލެންޑެވެ.

މި ރިސޯޓްތަކުގެ ތެރެއިން ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑް ވަނީ ކަރަންޓީން ފެސިލީޓައް ގާއިމްކުރަން ސަރުކާރަށް ދީފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި ހިނގާ އަށް ރިސޯޓެއް ވަނީ ބަންދުކޮށްފައެވެ. އެ ރިސޯޓްތަކަކީ ނ. އަތޮޅުގައި ހިންގާ ރޮބިންސަން ކުލަބް ނޫނު، ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީ، ދ. އަތޮޅުގައި ހިންގާ ރިއު ހޮޓެލްސްގެ ދެ ރިސޯޓް އަދި ކޯމޯ މާލިފުށި، ގއ. ކޫއްޑޫގައި ހިންގާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް، ގއ. ގައި ހިނގާ ރޮބިންސަން ކުލަބް މޯލްޑިވްސް އަދި ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓެވެ.

Leave a comment

Your email address will not be published.