Tue, 7 April, 2020, 6:15 pm
ފުރާ މީހުންތަކެއް ވީއައިއޭ އެއާޕޯޓުގައި ކިއު ހަދާފައި --- ފޮޓޯ/ ރޮއިޓާސް
ޕާކިސްތާނުގައި މެޑިސިން ކިޔަވަމުން އަންނަ ހަ ދަރިވަރަކު ރާއްޖެ ގެންނަނީ

ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ހަ ދަރިވަރަަކު ރާއްޖެ އައުމަށް ރޭ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއި އެކުގައި އެ ހަ ދަރިވަރުން ރޭ ފުރުވާލާފައިވާއިރު އެ ދަރިވަރުން ރާއްޖެ އަންނާނީ މިރޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޕާކިސްތާނުގައި ތިބި ހަ ދަރިވަރަކު ރާއްޖެ އަނބުރާ ގެންނައިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ގުޅުއްވާ ކޮވިޑް19 އާ ގުޅޭ ގޮތުން ވާހަކަދައްކަވާ މަޝްވަރާ ކުރައްވާފައެވެ.

ޕާކިސްތާނުގައި ތިބި ހަ ދަރިވަރަކު ރާއްޖެ އަނބުރާ ގެންނައިރު ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ސިއްހީ މާހިރުންގެ އެހީތެރިކަމަށް އެދިފައެވެ. އެއީ ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރު ކޮށްދިނުމަށެވެ. އެގޮތުން ނޭޕާލުގައި މެޑިސިން ކިޔަވާ ދަރިވަރުންތަކެއް މިހާރު ރާއްޖެ ގެނެސްފައިވާއިރު އެ ކުދިންގެ ތެރެއިން އެންމެ ފަހު 17 ކުދިންނަށް ވަނީ ރާއްޖެ ނާދެވި ނޭޕާލުގައި ތާށިވެފައެވެ.

ނަމަވެސް އެ ކުދިންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކަށް އެ ބަލި ޖެހުނު އިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެއިތުރުން ޔޫއޭއީގައި ދިރިއުޅޭ ދިވެއްސަކަށް ވައިރަސްގެ އަސަރު ކޮށްފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ރޭ ވަނީ ބުނެފައެވެ.

Leave a comment

Your email address will not be published.