Tue, 7 April, 2020, 5:47 pm
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާޞަބާގައި ބޭއްވި ރަސްިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ނިންމައިފި

ކޮވިޑް19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން އިތުރު ހަފްތާއަކަށް ސަރުކާރު އޮފީސްތައް ބަންދު ވާނެ ކަމަށާއި، އެ މުއްދަތުގައި ސްކޫލުތަކާއި، ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް ބަންދުވާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށް ނިންމާފައެވެ. ސަރުކާރު ބަންދު ކުރުމަށް ނިންމާފައި މިވަނީ ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން އެކަމުން ރައްޔިތުން ރައްކާތެރި ކުރުމުގެ ގޮތުންނެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 8 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

Leave a comment

Your email address will not be published.