Tue, 7 April, 2020, 5:43 pm
ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި އިތުރު ތިން މީހަކު ރަނގަޅުވެއްޖެ

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން އިތުރު ތިން މީހަކު ރަނގަޅުވެއްޖެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. އެ ބަލިން އެންމެ ފުރަތަމަ ރަނގަޅުވި ކަމަށް ސަރުކާރުން އިއުލާން ކުރީ ދެ މީހުންނެވެ. އޭގެފަހުން އިތުރު ތިން މީހަކު ބަލިން ރަނގަޅުވި ކަމަށް ސަރުކާރުން ހާމަ ކުރިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖެއިން މުޅި ޖުމްލަ އަށް މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން ދަނީ ފަސް މީހަކު ކަމަށް ރައީސް ވިދާޅުވިއެވެ.

“ތިޔަބޭފުޅުން ކޮށްދޭންވީ ކަމަކީ ބޭރަށް ނިކުމެވަޑައިގެން ނުގެން ގޭގައި މަޑުކޮށްދިނުން. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް. އަދި އިތުރު ފިޔަވަޅުތައް މިދަނީ އަޅަމުން،” ރައްޔިތުންނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސިއްހީ ހާލުކޮޅު ހުންނެވީ ރަނގަޅަށްތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލަތު އަދި ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.