Fri, 5 June, 2020, 11:50 am
ރިސޯޓުން ފޭބުމުގެ ހުއްދަ ނުދިނުމުން ރޯކޮށްލާނެ ކަމަށް ބުނި މުވައްޒަފު ހައްޔަރުކޮށްފި
22

އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުވައްޒަފަކު، ރިސޯޓުން ފޭބުމުގެ ހުއްދަ ނުދިނުމުން މުދަލަށް ގެއްލުންދީ އިިންޒާރު ދިން މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް އިއްޔެ ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ރިސޯޓުގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އެމީހާ ރިސޯޓުން ފައިބަން އުޅެފައިވަނީ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ކަމަށް ބުނެ ކަމަށާއި އެކަމަށް ރިސޯޓުގެ މެނޭޖްމަންޓުގައި އެދުނު ކަމަށެވެ.

ނަމަވެސް އެމީހާ ހަމަނުޖެހުން ހިންގާފައިވަނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓުން ނުދެވޭނެ ކަމަށް އަންގާ އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން ރިސޯޓުގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުން ދަނިކޮށް އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ރިސޯޓުގެ މުދަލަށް ގެންލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރު އޭނާ ދިން ކަމަށް ލިބުނު މައުލޫމާތުގެ މައްޗަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. މުއްދަތު ދީފައިވަނީ ގައިރު ހާޒިރުގައެވެ.

Leave a comment

Your email address will not be published.