Tue, 7 April, 2020, 5:12 pm
ހަކުރާ ހުރާއިން އަނެއްކާ ވެސް މީހަކު ޓެސްޓު ކުރަނީ

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ފެނިގެން އަނެއްކާވެސް ސިނަމަން ހަކުރާ ހުރާ ލޮކްޑައުން ކޮށްފިއެވެ.

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ފެނިގެން އަނެއްކާވެސް ސިނަމަން ހަކުރާ ހުރާ ލޮކްޑައުން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު މީހާ ރިސޯޓުގައި އެކަހެރިކޮށް އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މޮނީޓަރިންގެ ހާލަތުގައި އެ ރިސޯޓަށް އަރައި ފޭބުން މަނާވާނެއެވެ.

ހަކުރާ ހުރާއިން ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތެއް ހުރި މީހަކު ފެނިގެން މިދިޔަ އާދީއްތަ ދުވަހު ވެސް އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނައެވެ.

އަދި އެ ރިސޯޓުން އެކަހެރިކުރި މީހާއާ ބައްދަލުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ޖުމްލަ 62 މީހަކު އެކަހެރިކުރިއެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ 17 ސްޓާފަކާއި އެމްއޭސީއެލްގެ 41 ސްޓާފަކާއި އިމިގްރޭޝަންގެ އެކަކު އަދި ޓީއެމްއޭގެ ތިން ސްޓާފެކެވެ.

ނަމަވެސް ޝައްކުވި މީހާގެ ނަތީޖާ ނެގެޓިވް ވުމުން ރިސޯޓް މޮނީޓަރިންގެ ހާލަތުން ނެގިއެވެ.

Leave a comment

Your email address will not be published.